ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ތޮއްޑޫގައި ސެންފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފި އެވެ.
ބީއެމްއެލްއިން ބުނީ މި ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެކަމަށެވެ. މިއީ އއ. އަތޮޅުގައި ބީއެމްއެލްގެ ހިދުމަތް ދޭ ދެވަނަ ރަށެވެ.
އެ އަތޮޅު ރަސްދޫގައި އޭޓީއެމްގެ އިތުރުން ބީއެމްއެލް ބްރާންޗުން ހިދުމަތް ފޯރުކޮށްދެ އެވެ.
ބީއެމްއެލްއިން ބުނީ ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށީ އަތޮޅު ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ކަމަށެވެ. މި މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގައި ވަނީ ނ. ކެނދިކުޅުދޫ އާއި ތ. ތިމަރަފުށީގައި އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފައެވެ.
ބޭންކުން މިހާރު ރަށްރަށުގައި ބަހައްޓަމުންދަނީ ފައިސާ ޖަމާކުރުމުގެ ހިދުމަތްވެސް އެކުލެވޭ ގޮތަށް އެންމެ ފަހުގެ ސެކިއުރިޓީ ހިމެނޭ، ރައްކާތެރިކަމާއެކު ބޭންކިން ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމްތަކެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފްސާވިސް ބޭންކިން ސެންޓަރު 125 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެ އެވެ. އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް