މަސްތުވާތެކތި ބޭނުންކުރާ މީހުންގެ ބަދަލުގައި އެއިން ވިޔަފާރިކުރާ މީހާ ޖަލަށް ލާންވީ: އީވާ

މަސްތުވާތެކެތި ބޭނުން ކުރުމުގެ ސަބަބުން ޖަލަށް ލުމަށް ހުކުމް ކުރުމުގެ ބަދަލުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ކަލަށް ލުމަށް ހުކުމް ކުރުމުން އަންނަ ނަތީޖާ ރަނގަޅުވާނެ ކަމަށް މަޖިލީހުގެ ނައިބު ރ...

26 Oct 2020 | 07:52

މަސްތުވާތެކެތި ބޭނުން ކުރުމުގެ ސަބަބުން ޖަލަށް ލުމަށް ހުކުމް ކުރުމުގެ ބަދަލުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ކަލަށް ލުމަށް ހުކުމް ކުރުމުން އަންނަ ނަތީޖާ ރަނގަޅުވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބޭންކުރަޕްސީ ބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ޖަލަށް ލުމަށް ހުކުމް ކުރުމުގެ ބަދަލުގައި އެފަދަ މީހުނަށް ދޭން ޖެހޭނީ ސިއްހީ ފަރުވާކަމަށެވެ. އަދި މީހަކަށް ކުށެއް ކުރެވުމުން އެމީހަކު އެއްކޮށް މަދަނީ ހައްގުތަކުން މަހުރޫމް ކުރުވުމުގެ ބަދަލުގައި އެފަދަ މީހުން އަނބުރާ މުޖުތަައަށް ރަނގަޅު މީހެއްގެ ގޮތުގައި ނެރެދިނުމުން މުޅި މުޖުތަމައަށް އެކަމުގެ ފައިދާކުރާނެ ކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މަސްތުވާތެކެތި ބޭނުންކުރާ މީހާގެ ބަދަލުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ޖަލަށްލުން ރަނގަޅުވާނެ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކޮށްެން މީހަކު ޖަލަށް ލިޔަސް އެކަމުން ކުރާ ފައިދާއެއް ނޯންނާނެ ކަމަށެވެ.

"މަސްތުވާތަކެތި ބޭނުން ކުރާ މީހާ ތާއަބަދަށް ޖަލަށް ލިޔަކަސް ފައިދާވާ އެކަކުވެސް ނުހުރޭ. މަސްތުވާތަކެތި ވިޔަފާރިކުރާ މީހާ ޖަލަށް ލާންވީ. މަސްތުވާތަކެތި ބޭނުންކުރާ މީހާ ޖަލަށް ލައިގެން ވާ ފައިދައެއް ނޯވޭ" އީވާ ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ފަހު އީވާ ވަނީ މަޖިލީހުގައި ހިނގަމުން ދިޔަ ބޭންކުރަޕްސީ ބިލަށް ބަހުސް ކުރައްވާފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ، ދަރަނިވެރިވާ މީހާ ޖަލަށްލުމަކީ އޭގެ ސަބަބުން ދަރަންޏަށް ފައިސާ ދިން މީހާ އާއި މުޖުތަމައުއަށް ވެސް ފައިދާ ހުރި ގޮތް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އަދި ދަރަނި ނުދެއްކޭ ކޮންމެ މީހަކީ ގޯސް މީހަކަށް ނުވެދާނެ ކަމަށާއި، ބައެއް ފަހަރު ހާލަތު ނިޔާކުރާގޮތުން ވެސް ދަރަނިވެރިވެދާނެ ކަމަށް އީވާ ވިދާޅުވި އެވެ. އެހެންކަމުން ދަރަނި ދައްކާ ހަލާސްކޮށް އަނބުރާ މުޖުތަމައުގައި އުޅެވޭނެ ގޮތެއް އެ މީހުންނަށް ވެސް އޮންނަން ޖެހޭ ކަމަށް އީވާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް