އާޒިމް މެންބަރުކަމުން ވަކިވުމުން މަޖިލީހުން ނެރުނު މައްސަލަ ބަލައިދޭން އެދިއްޖެ

ދެހާސް ތޭރަވަނަ އަހަރު އެމްޑީޕީ ޕާލިމެންޓު ގްރޫޕުގެ މިހާރުގެ ލީޑަރު އަލީ އާޒިމް ރައްޔުތުންގެ މަޖިލީހުން ނެރުނު މައްސަލަ ބަލައިދޭން އޭނާ އެދިއްޖެ އެވެ. އާޒިމް 2013 ވަަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވ...

26 Oct 2020 | 07:29

ދެހާސް ތޭރަވަނަ އަހަރު އެމްޑީޕީ ޕާލިމެންޓު ގްރޫޕުގެ މިހާރުގެ ލީޑަރު އަލީ އާޒިމް ރައްޔުތުންގެ މަޖިލީހުން ނެރުނު މައްސަލަ ބަލައިދޭން އޭނާ އެދިއްޖެ އެވެ.

އާޒިމް 2013 ވަަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މަޖިލިސްއަށް ވަންނަ ދިޔުމުން، ސިފައިން ވަނީ އޭނާ ވަނަ ނުދީ ބޭރުކޮށްފަ އެވެ. ސިފައިން އޭނާ މަޖިލިސްއަށް ވަނަ ނުދީ ހިފެހެއްޓީ ސުޕްރީމް ކޯޓުން އޭނާ މެމްބަރު ކަމުން ވަކިވެފައިވާކަމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ އޮކްޓޯބަރ 26 ވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާއަށް ވަންނަން އާޒިމް އުޅުމުން ސިފައިން އޭނާ ހުއްޓުވައި ފުލުހުންނާއި ހަވާލު ކުރި އެވެ. އެދުވަހު އާޒިމް މަޖިލީހުން ނެރުނު މައްސަލައިގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލިސް ތެރެއަށް ވަން ސިފައިންގެ މައްޗަށް ވަކިވަކިން ދައުވާ އުފުލޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ އެޓްވީޓް މިއަދު ރީޓްވީޓް ކުރައްވަމުން އާޒިމް އެ މައްސަލަ ބައްލަވައި ދިނުމަށް އެދި ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް