ރޭ ދަންވަރު ބަޔަކު ހަތިޔާރާއެކު ދޯންޏަކަށް އަރައި އެ ދޯނި ހައިޖެކް ކުރި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ ރޭ 11:55 ހާއިރު ލ. އަތޮޅު އެތެރެވަރި، ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
"މި މައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރިކުރުމުން، އެ ދޯނި ލ. ގަން ތުނޑި އަށް ކައިރިކުރާކަން އެނގިފައިވޭ، އަދި ފުލުހުން އެ ދޯންޏަށް ގޮސް ބެލި ބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާކަމަށާއި ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައި ނުވާކަމަށް މައުލޫމާތުލިބޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެހެންނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނިތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައިވާ އެއްބަސްވުމަކަށް އަމަލުނުކުރާ ކަމަށްބުނެ ދޯންޏަށް ދިޔަ ބަޔަކު ކަމަށް މައުލޫމާތު ލިބޭކަމަށާއި މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ފުލުހުން ދަނީ ކުރަމުން ކަމުގައިވެސް ފުލުހުން ބުނެއެވެ.
https://dhuvas.mv/127936
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް