ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން އެ ރަށުގައި މިހާރު ކުރިޔަށް ގެންދާ ” “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގެ ސެމީ ފައިނަލް މެޗުތަކުގެ ކުޅުން މިރޭ ފަށާނެއެވެ.
ކުއާޓާ ފައިނަލްގެ މެޗުތަކުގެ ކުޅުން އިއްޔެ ރޭ ނިމިފައިވާއިރު، މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ކަންމަތީ ސްޕޯޓްސް ކުލަބު، ޑީޑީއެފް، ގޯޅި ސްޕޯޓްސް ކުލަބް، އަދި އައުޓްރީފް ސްޕޯޓްސް ކުލަބެވެ.
ސެމީފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ޑީޑީއެފް ދި ގެނެރޭޝަން ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ޑީކޭއެންޒެޑް އާއި ވާދަކޮށް 3-17 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ.
ސެމީގެ ދެވަނަ ޖާގަ ކަށަވަރު ކުރި ކަންމަތީ ސްޕޯޓްސް ކުލަބް ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ޔުނައިޓެޑް ކިލާ އާއި ވާދަކޮށް 1-8 އިން މޮޅުވެގެންނެވެ.
ސެމީ ފައިނަލްގެ ތިންވަނަ ޖާގަ ކަށަވަރު ކުރި ގޯޅި ސްޕޯޓްސް ކުލަބް ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ ސުޕަސްޓާރ އާއި ވާދަކޮށް 2-29 އިން މޮޅުވެގެންނެވެ.
އަދި ސެމީގެ ފަހު ޖާގަ ކަށަވަރު ކުރި އައުޓްރީފް ސްޕޯޓްސް ކުލަބުން ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ ގޯޅި ޖޭއާރު އާއި ވާދަކޮށް 1-3 ގެ ނަތީޖާއިން މޮޅުވެގެންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭއިރު، މިރޭ ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑީޑީއެފް ދި ޖެނެރޭޝަން އާއި ގޯޅި ސްޕޯޓްސް ކުލަބެވެ. މި މެޗު ފަށާނީ މިރޭ 20:30 ގައެވެ.
އަދި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަންމަތި ސްޕޯޓްސް ކުލަބާއި އައުޓްރީފް ސްޕޯޓްސް ކުލަބެވެ. މި މެޗު ފަށާނީ މިރޭ 21:30 ގައެވެ.
މި ހުރިހާ މެޗެއް ވެސް މި މުބާރާތުގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ދައްކާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް