އިޓާލިއަން ސެރިއާގައި ރޭ ބެންވެންޓޯ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ނަޕޮލީއިން ތާވަލުގެ ދެވަނަ އަށް ޖެހިލައިިއެވެ.
ރޭގެ މެޗު ނަޕޮލިން ކާމިޔާބު ކުރި 2-1 ގެ ނަތީޖާއިންނެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ނަޕޮލިން ރނގަޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ބެންވެންޓޯއިންނެވެ. ބެންވެންޓޯއިން ލީޑު ނެގީ ފުރަތަމަހާފްގެ 30 ވަނަ މިނިޓުގައި ރޮބާޓޯ އިންސިގީ ކާމިޔާބުކުރި ލަނޑުންނެވެ. މިލަނޑަށްފަހު ނަޕޯލިން ވަނީ ފުރަތަމަ ހާފްގައި ފަހު މިނިޓުގައި ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ނަޕޯލީގެ ކޮސްޓަސް މޮނަލާސް ފޮނިވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ބެނެވެންޓޯއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް މެޗުގެ 60 ވަނަ މިނެޓުގައި ލޮރެންޒޯ އިންސިނިއާ ވަނީ ލަނޑު ޖަހާ ނަޕޮލީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން ނަޕޯލީ މޮޅުވި ލަނޑު ކާމިޔާބުކޮއްދިނީ ފުރަތަމަލަނޑު ޖެހިތާ ހަތްމިނެޓުފަހުން އަންދްރޭ ޕެޓަގްނާއެވެ. ރޭ އިޓާލިއަން ސެރިއާގައި ޕާމާ އާއި ސެޕީޒިޔާ ވާދަކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ދެލަނޑު ސެޕީޒިޔާއިން ކާމިޔާބު ކުރިއިރު ފަހު ދެލަނޑު ޕާމާއިން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. ނަތީޖާ އެއްވަރުކުރި ލަނޑު ޕާމާއިން ކާމިޔާބުކުރީ މެޗުގެ އިތުރުވަގުތުވެސް އެންމެ ފަހު މިނިޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ.
މި ނަތީޖާއެކު ނަޕޯލީ ވަނީ 11 ޕޮއިންޓާއެކު ލީގުގެ ދެވަނައަށް ކުރިޔަށް ޖެހިލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް