އިޓާލިއަން ސެރިޢޭގައި ރޭ ހެލަސް ވެރޯނާއާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ހެލަސް ވެރޯނާއާއި ދެކޮޅަށް ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.
މިއީ ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނުލާ ލީގުގައި ޔުވެންޓަސް ކުޅެ މޮޅެއް ނުހޯދި އެއްވަރުވި ދެވަނަ މެޗެވެ.
އެޓީމު އެންމެ ފަހުން ލީގުގައި ކްރޮޓޯންއާއި ދެކޮޅަށް ކުޅުނު މެޗުންވެސް މޮޅު ނުވެނުު އިރު، އެމެޗު އެއްވަރުވީ ވެސް 1-1 ގެ ނަތީޖާއަކުންނެވެ.
ރޭ އަމިއްލަ ދަނޑުގައި ކުޅުނު ނަމަވެސް ޔުވެންޓަސްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވެއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ފަހުހާފަށް ކުޅެން ނިކުމެވެސް ޔުވެންޓަސްއަަށް ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ހެލަސް ވެރޯނާއިންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ހެލަސް ވެރޯނާއަށް ލީޑު ނަގައިދިނީ އެޓީމުގެ ޒުވާން ފޯވާޑް އެންޑްރޫ ފަވީލީއެވެ. މިއީ މި ސީޒަނުގައި އޭނާ އެޓީމަށް ކާމިޔާބު ކޮށާްދިން ދެވަނަ ލަނޑެވެ.
ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްވިޑެންގެ އުމުރުން އެންމެ 20 އަހަރުގެ ޒުވާން ފޯވާޑް ޑެޔަން ކޮލުއެސްކީއެވެ. މިއީ މި ސީޒަނުގައި އޭނާ ޖުވެންޓަސްއަށް ކާމިޔާބު ކޮށާްދިން ދެވަނަ ލަނޑެވެ.
ޔުވެންޓަސް ދެން އެންމެ އަވަހަށް ވެސް ކޫޅޭނީ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާއާއި ދެކޯލަށް ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ މެޗެވެ. މި މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެެރޭ ދަންވަރު ރާއްޖޭ ގަޑަިން 12:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް