ފްލައި ދުބާއީ އާއި ލުފްތަންސާއިން މި ހަފްތާގައި ރާއްޖެއަށް އަލުން ދަތުރުތައް ފަށަނީ

ފްލައި ދުބާއީ އާއި ލުފްތަންސާއިން މި ހަފްތާގައި ރާއްޖެއަށް އަލުން ޝެޑިއުލް ދަތުތުރައް ކުރަން ފަށަން ނިންމައިފި އެވެ. މީގެ ތެރެއިން ފްލައި ދުބާއީގެ ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ...

26 Oct 2020 | 02:33

ފްލައި ދުބާއީ އާއި ލުފްތަންސާއިން މި ހަފްތާގައި ރާއްޖެއަށް އަލުން ޝެޑިއުލް ދަތުތުރައް ކުރަން ފަށަން ނިންމައިފި އެވެ.

މީގެ ތެރެއިން ފްލައި ދުބާއީގެ ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ފްލައި ދުބާއީން ރާއްޖެއަށް ކޮންމެ ހަފްތާއަކު ހަތަރު ދަތުރު ކުރާނެ ކަމަށެވެ.

އެއީ ކޮންމެ ހަފްތާއެއްގެ، އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. މިއީ ދުބާއީ އާއި ރާއްޖެއާއި ދެމެދު ސީދާ ދަތުތުރައް ކުރާ އެއާލައިނެކެވެ.

ލުފްތަންސާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަނީ ބުދަ ދުވަހު އެވެ. އެމްއޭސީއެލްއިން ބުނީ އެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ދެ ދަތުރު ކުރާނެ ކަމަށެވެ.

މި ދަތުރުުތައް ކުރުމަށް ހަމަޖެހިފައިވަނީ ބުދަ އަދި ހޮނިހިރު ދުވަހު އެވެ. ލުފްތަންސާއިން ރާއްޖެއަށް ސީދާ ދަތުރުތައް ބާއްވަނީ ޖަރުމަނުވިލާތުގެ ފްރޭންކްފާރޓް އިންނެވެ.

އިތުރު ދެ އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަން ނިންމާފައިވާއިރު އިއްޔެ ވަނީ އޮސްޓްރިއަން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައި އެވެ. މި އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ދެ ދަތުރު ކުރާނެ އެވެ.

ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 12 އެއާލައިނެއްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވެ އެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއަށް ކުރިް ދަތުރު ކުރި ބައިނަލްއަގުވާމީ 18 އެއާލައިނެއްގެ ދަތުރުތައް އަލުން ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް