ޕާޕަރާ ބެހޭގޮތުން އޮސްޓްރޭލިޔާ ބަޔަކު ލަވައެއް ހެދުމުން އިންޑިއާ ރުޅިގަދަވެއްޖެ !

އޮސްޓްރޭލިޔާގައި ކުޑަކުދިންގެ މިއުޒިކް ވީޑިއޯ އުފައްދާ ކުންފުންޏަކުން، ޕާޕަރާ ބެހޭގޮތުން ހަދާފައިވާ ލަވައެއް ފެންމަތިވެ އިންޑިއާ ރުޅިގަދަވެއްޖެއެވެ. 2014 ވަނަ އަހަރު ހަދާފައިވާ "ދަ ޕަޕަޑަމް ސޯންގް" އަ...

26 Oct 2020 | 02:32

އޮސްޓްރޭލިޔާގައި ކުޑަކުދިންގެ މިއުޒިކް ވީޑިއޯ އުފައްދާ ކުންފުންޏަކުން، ޕާޕަރާ ބެހޭގޮތުން ހަދާފައިވާ ލަވައެއް ފެންމަތިވެ އިންޑިއާ ރުޅިގަދަވެއްޖެއެވެ.

2014 ވަނަ އަހަރު ހަދާފައިވާ "ދަ ޕަޕަޑަމް ސޯންގް" އަލުން ފެންމަތިވީ، އިންޑިއާ ރައްޔިތަކު އެ ލަވަ އަލުން ޓްވީޓްކޮށް "މިއީ މި ދެކެން ބޭނުންވި މަންޒަރު ނޫން" ކަމަށް ބުނުމާއި ހަމައިންނެވެ. އަލުން ޓްވީޓްކުރި މި ވީޑިއޯ މިހާތަނަށް ދެ މިލިޔަނަށްވުރެ ގިނަ މީހުން ބަލާފައިވާއިރު މި ވީޑީއޯއިން ފެންނަނީ އިންޑިއާ އަންހެނަކު ހިމެނޭހެން ފަސް މީހަކު އެއް އަތުން ޕާޕަރު ހިފައިގެން އިންޑިއާ ހެދުމުގައި ތިބެ، ލަވަ ފެށިގެން ނިމެންދެން "ޕަޕަޑަމް، ޕަޕަޑަމް، ޕަޕަ ޕަޕަ ޕަޕަޑަމް" ކިޔާ މަންޒަރެވެ.

https://twitter.com/_ashmip/status/1319096040595881984

އެއް މިނެޓާ 25 ސިކުންތުގެ އެ ވީޑިއޯގައި ޕަޕަޑަމް ނޫން އެއްޗެއް ކިޔާފައިނުވެއެވެ. މި ލަވައަށް ފާޑުކިޔާ އިންޑިއާގެ ގިނަ ރައްޔިތުން ރުޅިއައީވެސް އެކަމާއެވެ. އެމީހުން ބުނަނީ ހަމަ އެކަނި ޕަޕަޑަމް ކިޔާފައި ހުއްޓާލެވެން ނޯންނާނެ ކަމަށެވެ. ޕަޕަޑަމް އަކީ އިންޑިއާގެ ތާރީހާ ގުޅިފައިވާ އިންޑިއާގެ ސަގާފަތް ދައްކުވައިދޭ ކާނާއެއް ކަމަށެވެ.

އިންޑިއާ ރައްޔިތުން ރުޅިގަދަވުމުން، މި ލަވަ ލިޔެ، ލަވަ ޑައިރެކްޓްކުރި އޮސްޓްރޭލިއާގެ މިއުޒީޝަން، އެންތޮނީ ފީލްޑް ވަނީ އިންޑިއާ ރައްޔިތުން ކިބައިން މާފަށް އެދިފައެވެ. އޭނާ ބުނެފައިވަނީ މިއީ އެއްވެސް ހާލަތެއްގައި ބަޔަކަށް ފުރައްސާރަކޮށް އަގުވައްޓާލުމަށް ތައްޔާރުކޮށްފައިވާ ލަވައެއް ނޫންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް