އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓްގެ ފުރަތަމަ ދަތުރުކޮށްފިއެވެ.
މި ދަތުރުކޮށްފައިވަނީ ބަލި މީހަކު މާލެ ގެނައުމަށެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ސިއްހީ ހާލަތު ނާޒުކު، އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނަކު، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މާލެ ގެނެސްދީފައިވާކަމަށެވެ.
މި ފްލައިޓްގައި އެމީހާ މާލެ ގެނެވުނީ ދަންވަރު 03:10 ހާއިރު ކަމަށާއި މިއީ މި ފްލައިޓްގައި ކުރި މިފަދަ ފުރަތަމަ ދަތުރުކަމުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި މި ފްލައިޓް ރާއްޖެ ގެނެސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް