އިނގިރޭސި ޕްރިމިއާ ލީގުގައި ލީގުގައި ސައުތުހެމްޓަނާ ދެކޮޅަށް ކުޅުނު މެޗުން އެވަޓަން ބަލިވެއްޖެއެވެ.
އެވަޓަން ބަލިވީ 0-2 ގެ ނަތީޖާއިންނެވެ.
ސައުތެމްޕްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެވަންޓަން އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު އިރު، ސައުތެމްޕްޓަން އިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފްގެ 27 ވަނަ މިނިޓުގައިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޖޭމްސް ވާޑްއެވެ. ސައުތުހެމްޓަނުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޑެނީ އިންގްސް ދިން ބޯޅައަކުން ޗޭ އެޑަމްސްއެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ސައުތެމްޕްޓަންއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް ފަހުހާފުގައި އެޓީމަށް ވަނީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެވަޓަން އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ ދެވަނަހާފްގައި ލޫކަސް ޑީނޭއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. މި ރަތްކާޑާއި އެކު އެވަޓަންއިން ދެވަނަ ހާފުގެ ބޮޑުބައެއް ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ނަތީޖާއަށް ބަދަލެއް ނައިސް މެޗުގެ ކުޅުން ނިމުނު ނަމަވެސް މިހާފުގައިވެސް ސައުތެމްޕްޓަންއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މިރޭގެ މެޗުން އެވަޓަން ބަލިވިއިރު، މިއީ މިފަހަރުގެ ލީގުގައި އެޓީމު ބަލިވި ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލެވެއެވެ. ލީގުގައި ފުރަތަމަ ދެމެޗުން ބަލިވި ނަމަވެސް އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން މިވަގުތު އެވަޓަން އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ސައުތުހޭމްޓަން ވަނީ މި މޮޅާއެކު ލީގުގެ ފަސްވަނައަށް ޖެހިލާފައެވެ.
ލީގުގައި ދެން ކުޅެން ޖެހޭ މެޗުގައި އެވަޓަން ނިކުންނާނީ ރަށުން ބޭރުގައި ނިއުކާސަލްއާއި ދެކޮޅަށެވެ. އަދި ސައުތެމްޕްޓަން ނިކުންނާނީ ރަށުން ބޭރުގައި އެސްޓަން ވިލާއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް