ރާއްޖެއިން ކޯވިޑް-19 އަށް މިއަދު ޕޮސިޓިވްވީ 31 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ
އެޗްޕީއޭއިން މިރޭ ބުނީ މިއަދު ހަވީރު 6:00 ގެ ނިޔަލަށް މާލެއިން 26 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. އަތޮޅު ތެރެއިން މިއަދު ޕޮސިޓިވްވީ ފަސް މީހުންނެވެ.
އެޗްޕީއެއިން ބުނީ މިއަދު ޕޮސިޓިވްވީ 25 ދިވެހިންނާއި ހަ ބިދޭސީން ކަމަށެވެ. މިއަދު ޖުމްލަ ޓެސްޓު ކޮށްފައިވަނީ 1،149 ސާމްޕަލް އެވެ.
މިވަގުތު ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 1،250 މީހުންނަށެވެ. އޭގެ ތެރެއިން 84 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްގެން ފަރުވާ ދެމުން ދާއިރު ތިން މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ.
އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުން ތިބީ ދަރުމަވަންތަ ހޮސްޕިޓަލް. ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ގއ. ވިލިނގިލީ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ. އަތޮޅު ތެރޭގެ 20 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް 48 މީހުން އެބަތިއްބެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 8،754 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
ރާއްޖެއިން ކޯވިޑް ޖެހުނު ޖުމްލަ އަދަދަކީ 10،045 އެވެ. އޭގެ ތެރެއިން 34 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް