ސެރިއޭ: ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެޓަލާންޓާ އަށް މޮޅެއް

އިޓާލިއަން ސެރިއޭގައި މިރޭ ޓޮރީނޯ އާއި ދެކޮޅަށް ކުޅުނު މެޗު އެޓަލާންޓާއި ކާމިޔާބު ކޮށްފިއެވެ. ޓޮރީނޯގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި އެޓަލާންޓާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައި...

26 Sep 2020 | 15:30

އިޓާލިއަން ސެރިއޭގައި މިރޭ ޓޮރީނޯ އާއި ދެކޮޅަށް ކުޅުނު މެޗު އެޓަލާންޓާއި ކާމިޔާބު ކޮށްފިއެވެ.

ޓޮރީނޯގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި އެޓަލާންޓާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮރީނޯއިންނެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ރިކޮންގެ އެހީތެރިކަމާއި އެކު މި ލަނޑު ޓޮރީނޯއަށް ކާމިޔާބު ކޮށްދިނީ އެންޑްރޫ ބެލޮއްޓީއެވެ.

ނަމަވެސް އޭގެ ދެ މިނެޓެއްހާއިރު ފަހުން އެޓަލާންޓާއި ފުލު 3 ލަނޑު ޖަހާ ލީޑު ފުޅާކުރި އިރު، މި ލަނޑުތަށް އެޓަލާންޓާއަށް ކާމިޔާބު ކޮށްދިނީ އަލެސަންޖްރޯ ގޯމޭޒް އާއި ލުއިސް މުރިއެލް އަދި ހަންސް ހެޓިބޮއާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮރީނޯއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު އެޓަލާންޓާ ލީޑުގައި އޮވެ ނިންމާލިއިރު، އެޓީމުން މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ ފަހު ހާފުގެ 54 ވަނަ މިނެޓުގައެވެ. ލުއިސް މުރިއެލް ގެ އެހީތެރިކަމާއި އެކު މި ލަނޑު ކާމިޔާބު ކޮށްދިނީ މާޓިން ރޫންއެވެ.

މިރޭ ޓޮރީނޯއާއި ދެކޮޅަށް ކުޅެ އެޓަލާންޓާ މޮޅުވިއިރު، މިއީ ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗެވެ.

މިރޭ އެޓަލާންޓާއަތުން ބަލިވި ޓޮރީނޯ ކުޅުނު ދެވަނަ މެޗަށް ބާއިރު، އެޓީމު މިވަނީ ކުޅުނު ދެމެޗުންވެސް ބަލިބެފައެވެ.

ލީގުގައި ދެން އެޓަލާންޓާ ނިކުންނާނީ ރަށުން ބޭރުގައި ލާޒިއޯއާއި ދެކޮޅަށެވެ. އަދި ޓޮރީނޯ ނިކުންނާނީ ރަށުން ބޭރުގައި ޖެނޯއާއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް