ޑަބްލިއުއެޗްއޯއިން ލެބޯޓްރީ އާއި އައިސީޔޫއަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފި

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ. މިތަކެތި ޑަބްލިއުއެޗްއޯގެ ފަރާތުން ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅާފ...

26 Sep 2020 | 10:23

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

މިތަކެތި ޑަބްލިއުއެޗްއޯގެ ފަރާތުން ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަރްވިންދް މާތުރެވެ. ދިވެހި ސަރުކާރުގެ ފަރާތުން ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ހެލްތް މިނިސްޓްރީން ބުނީ މިއަދު ރާއްޖެއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕޯޓެބަލް ޑިޖިޓަލް އެކްސްރޭގެ އިތުރުން ލެބޯޓްރީގެ ބައެއް އައިޓަމްތަކާއި ޓެސްޓްކިޓް ތަކެއް ކަމަށެވެ.

މި ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކުގައި ބޭނުން ކުރުމަށް މިނިސްޓްރީން ނިންމާފައިވެ އެވެ. މިތަކެއްޗާއިއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އައިސީޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް ބުނެ އެވެ.

ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ހިދުމަތް ކުރިއަށްގެންދިއުމަށްޓަކައި ޑަބްލިއުއެޗްއޯއިން މެދުނުކެނޑި ޓެސްޓްކިޓްތައް ފޯރުކޮށްދެމުން ދާކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ޕީސީއާރު ޓެސްޓްކިޓްގެ އިތުރުން ޖީން އެކްސްޕާޓް ކާޓްރިޖްގެ 15،000 އަށް ވުރެ ގިނަ ކާޓްރިޖް އެޖަމިއްޔާގެ ފަރާތުން ރާއްޖެއަށްވަނީ ހަދިޔާ ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް