މިދިޔަ ބުދަދުވަހުގެ ރޭ މާލޭގައި ވަޅިން ހަމަލާ ދިނުމުން ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންގޮސްދީ ފުރާނަ ސަލާމަތްކޮށްދިން މީހާ ހޯދުގެ މަސައްކަތް ފަށައިފި އެވެ.
މި ހާދިސާގައި ޒަހަމްވީ މ. އަސަލް، އަހުމަދު ޝަމާލް އެވެ. އޭނާގެ ކަރަށް ވަޅި ހެރިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އޭނާއާއި ދެބެންގެ ދެދަރި އުމުރުން 19 އަހަރުގެ މީހެއް ކަމަށް މައުލޫމާތުލިބެ އެވެ.
ޝަމާލް ފޭސްބުކްގައި ބުނެފައިވަނީ އެރޭ އޭނާގެ ފުރާނަ ސަލާމަތްކޮށްދިން މީހާ ކުރި މަސައްކަތަކީ އިންސާނިއްޔަތު ކަން އިސްކޮށް ކޮށްދިން ކަމެއް ކަމަށެވެ. އެކަމަކު އެރޭ އޭނާ އައިޖީއެމްއެޗަށް ގެންގޮސްދިނީ ކާކުކަން އަދިވެސް ނޭނގޭ ކަމަށެވެ.
ޝަމާލް ބުނެފައިވަނީ އޭނާގެ ފޭސްބުކް ޕޯސްޓު ފެނިއްޖެ ނަމަ އޭނާ އާއި ބައްދަލު ކުރުމަށް އެހީވި މީހާކައިރިން އެދޭ ކަމަށެވެ. އަދި އޭނާ ވަނީ އެ ޕޯސްޓު ޝެއާކޮށް އެމީހާގެ މައުލޫމާތު ހޯދައި ދިނުމަށް ޝަމާލްގެ ރަހުމަތްތެރިންގެ ކިބައިން އެދިފައި އެވެ.
އޭނާ ބުނީ ފަރުވާއަށް ފަހު ނުރައްކަލުން ސަލާމަތްވެފައިވާ ކަމަށެވެ. ހަމަލާ ދިނުމުން އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިން ނަމަވެސް ފަހުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް އޮޕަރޭޝަނެއް ކޮށްފައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާއަކީ އާއިލާއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން ދިން ހަމަލާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް