އީސީގެ ކުއްލި ޖަލްސާތަކުގައި އަމަލު ކުރާ ގަވައިދަށް ބަދަލު ގެނެސްފި

އިލެކްޝަންސް ކޮމިޝަނުގެ ކުއްލި ޖަލްސާތަކުގައި އަމަލު ކުރަމުން އަންނަ ގަވައިދަށް ބަދަލު ގެނެސްފި އެވެ. އީސީގެ ގަވައިދަށް ގެނެސްފައިވާ ތިން ވަނަ އިސްލާހުގައި ބުނެފައިވަނީ ކުއްލި ޖަލްސާތަކުގައި ނުނިންމޭނ...

26 Sep 2020 | 08:24

އިލެކްޝަންސް ކޮމިޝަނުގެ ކުއްލި ޖަލްސާތަކުގައި އަމަލު ކުރަމުން އަންނަ ގަވައިދަށް ބަދަލު ގެނެސްފި އެވެ.

އީސީގެ ގަވައިދަށް ގެނެސްފައިވާ ތިން ވަނަ އިސްލާހުގައި ބުނެފައިވަނީ ކުއްލި ޖަލްސާތަކުގައި ނުނިންމޭނެ ކަންކަން ހިމެނޭ ކަމަށެވެ. އެގޮތުން ބޮޑެތި އެއްވެސް މައްސަލައެއް ނުނިންމޭނެ ކަމަށް ބުނެ އެވެ.

އެ އިސްލާހުގައި ބުނެފައިވާގޮތުން އީސީގެ ކުއްލި ޖަލްސާތަކުގައި ނުނިންމޭނެ ކަންކަމުގެ ތެރޭގައި އިންތިހާބުގެ މައްސަލަތަކާއި، ބަޖެޓާއި، ފައިސާއާ ގުޅޭ ކަންކަކަމާއި ކޮމިޝަނުގެ ގަވާއިދަށް ބަދަލުގެނައުމެވެ. އަދި ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އިންތިހާބު ކުރުމެވެ.

މުވައްޒަފުންގެ ވަޒީފާއާއި މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނައުމާއި ކޮމިޝަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައުމާއި މެންބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުން ފަދަ ކަންކަން ކުއްލި ޖަލްސާތަކުގައި ނުނިންމޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ކޮމިޝަނަށް އައު މުވައްޒަފަކު ލެއްވުމާއި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކުއްލި ޖަލްސާތަކުގައި ނުނިންމޭނެ ކަމަށް އާ އިސްލާހުގައި ބުނެފަ އެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުގައި ކުއްލި ޖަލްސާ ބާއްވާނީ ކޮމިޝަނުގެ ހިންގުމާ ގުޅޭ ނުވަތަ މަސައްކަތާ ގުޅޭ މުހިންމު ކަމަކާމެދު މަޝްވަރާ ކުރުމަށް ޓަކައި މެންބަރަކު އެދިވަޑައިގެންފި ނަމަކަމަށެވެ. ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް ކޮމިޝަނުގެ ކޮންމެ މެމްބަރަކަށްވެސް އެދެވިދާނެ ކަމަށް އިސްލާހުގައި ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް