އައްޑޫ ސިޓީގައި ކޯވިޑް ފެތުރޭތޯ ބަލަން ރެންޑަމް ސާމްޕަލް ނަގަން ފަށައިފި

އައްޑޫ ސިޓީގައި ކޯވިޑް-19 ފެތުރޭތޯ ބަލަން ރެންޑަމް ސާމްޕަލް ނަގަން ފަށައިފި އެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު އިއްޔެ 10،000 އަށް އަރާފައިވާއިރު ބަލި ފެތުރުން ކޮންޓްރޯލްވެ މިސްރާބު ހުރީ...

26 Sep 2020 | 05:58

އައްޑޫ ސިޓީގައި ކޯވިޑް-19 ފެތުރޭތޯ ބަލަން ރެންޑަމް ސާމްޕަލް ނަގަން ފަށައިފި އެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު އިއްޔެ 10،000 އަށް އަރާފައިވާއިރު ބަލި ފެތުރުން ކޮންޓްރޯލްވެ މިސްރާބު ހުރީ ރަނގަޅަށް ކަމަށް އެޗްއީއޯސީން ބުނެ އެވެ. އެހެންވެ ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު ދެނެގަތުމަށް މުޅި ރާއްޖޭގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްއީއޯސީން މިދިޔަ ހަފްތާގައި ބުނެެފައިވެ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ ސިޓީގެ އަވަށްތަކުގައި ރެންޑަމް ސާމްޕަލް ނެގުމުން އެކި ސަރަހައްދު ތަކުގައި ކުރިޔަށް ގެންދާނެ ކަމަށެވެ. އެ މަސައްކަތް ކުރާނީ މިއަދާއި މާދަމާ އެވެ.

މިކަމަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ހޮސްޕިޓަލުން އެދިފައިވެ އެވެ. އެކަމަކު ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގާނީ ކިތައް ސާމްޕަލް ކަމެއް ހާމައެއް ނުކުރެ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ކޯވިޑަށް ޓެސްޓު ކުރެވޭ ހޮސްޕިޓަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް