މަރާމާތަށް ފަހު މާލޭ ހުކުރު މިސްކިތް އަންނަ ހަފްތާގައި ހުޅުވަނީ

މަރާމާތު ކުރުމަށް ފަހު އަންނަ ހަފްތާ ތެރޭގައި މާލޭ ހުކުރު މިސްކިތް ހުޅުވާނެ ކަމަށް ހެރިޓޭޖް ޑިޕާޓްމެންޓުން ބުނެފި އެވެ. މަރާމާތު ކުރުމަށް ހުކުރު މިސްކިތް ބަންދު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގ...

26 Sep 2020 | 05:45

މަރާމާތު ކުރުމަށް ފަހު އަންނަ ހަފްތާ ތެރޭގައި މާލޭ ހުކުރު މިސްކިތް ހުޅުވާނެ ކަމަށް ހެރިޓޭޖް ޑިޕާޓްމެންޓުން ބުނެފި އެވެ.

މަރާމާތު ކުރުމަށް ހުކުރު މިސްކިތް ބަންދު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. އޭގެ ފަހުން މަރާމާތު ކުރުމަށް ފަހު މިދިޔަ މާޗު މަހުވެސް އެ މިސްކިތް ހުޅުވަން މަސައްކަތް ކުރި ކަމަށް ހެރިޓޭޖުން ބުނެފައިވެ އެވެ.

އެ ޑިޕާޓްމެންޓުން ބުނީ ކުރޔަށް އޮތް ހަފްތާ ތެރޭގައި މިސްކިތް ހުޅުވާނެ ކަމަށެވެ. އެންމެ ފަހުގެ ތައްޔާރީތައް ވުމުގެ ގޮތުން މިސްކިތް ކުނިކަހައި ސާފުކޮށް ހެދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުން ދަނީ އިންޑިއާގެ އެހީގައި އެވެ. އަލުން މިސްކިތް ހުޅުވުމަށް ތައްޔާރުވަމުން ދާއިރު ކާޕެޓް ބަދަލުކޮށް، ނެވިލޯން އަޅައި، ކަތުރުފަނީގެ މައްސަލަވެސް ވަނީ ހައްލުކޮށްފައެވެ.

ހުކުރު މިސްކިތް މަރާމާތަށް ބަންދު ކުރި ފަހުން އެތަނުގައި ބައެއް މީހުން މަސްތުވާތަކެތި ބޭނުން ކޮށް ސިނގިރޭޓު ބޮއެ އެކި އެއްޗެހި ކައިފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެ ދުވަސްވަރު ހެރިޓޭޖުން ބުނީ މިސްކިތުގައި އެފަދަ ނުބައި ކަންތައްކޮށްފައިވާކަން އެނގިގެން މިސްކިތް ސާފުކޮށް އޭގެ ފަހުން މިސްކިތަށް މީހުންނަށް ވަދެ ނުކުމެ ނޫޅެވޭގޮތް ހަދާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް