ޑިއޭގޯ ގޮޑިން ކަގްލިއާރީއަށް ބަދަލުވެއްޖެ

އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އައި އުރުގުއޭގެ ތަޖުރިބާކާރު ޑިފެންޑަރު ޑިއޭގޯ ގޮޑިން ކަގްލިއާރީއާ ގުޅިއްޖެއެވެ. އިންޓަ މިލާން ދޫކޮށް ގޮޑިން ކަލިއާރީއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގައި ތިން އަހަރުގެ އެ...

26 Sep 2020 | 04:49

އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އައި އުރުގުއޭގެ ތަޖުރިބާކާރު ޑިފެންޑަރު ޑިއޭގޯ ގޮޑިން ކަގްލިއާރީއާ ގުޅިއްޖެއެވެ.

އިންޓަ މިލާން ދޫކޮށް ގޮޑިން ކަލިއާރީއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގައި ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ގޮޑިން ކަގްލިއާރީއާއި ގުޅުނީ ގޮޑިން އިންޓަ މިލާންއާއި އެކު ހަދާފައިވާ އެއްބަސްވުން ނިމިގެން ދިޔަ ސީޒަންއާއި އެކު އުވާލުމާއި ގުޅިގެންނެވެ. މިހާރު އުމުރުން 34 އަހަރުގެ ގޮޑިން އިންޓަމިލާން އާއި ގުޅުނީ ނިމިގެން ދިޔަ އަހަރު ޖުލައިމަހުގައެވެ.

ނިމިގެން ދިޔަ ސީޒަނުގައި ގޮޑިން ވަނީ އިންޓައަށް 36 މެޗު ކުޅެދީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިދިޔަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި އިންޓަ ވާދަކުރިއިރު ގޮޑިން ވަނީ އެ ޓީމުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މީގެ ކުރިން ގޮޑިން ވަނީ ސްޕެއިންގެ ވިޔަރެއާލް އާއި އެތުލެޓިކޯ މެޑްރިޑްއަށް ވެސް ކުޅެފައެވެ. އެންމެ ދިގު މުއްދަތެއް ހޭދަކުރީ އެތްލެޓިކޯގައެވެ. އެގޮތުން އެތުލެޓިކޯގައި ގޮޑިން ނުވަ ސީޒަން ހޭދަކޮށްފައިވެއެވެ. އެގޮތުން އޭނާ ވަނީ އެތުލެޓިކޯއަށް 389 މެޗު ކުޅެދީ 27 ލަނޑު ޖަހާފައެވެ. އަދި މީގެ އިތުރުން އޭނާ ވަނީ އެތުލެޓިކޯއާއެކު ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕްގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ދެ ފަހަރު އަދި ޔުއެފާ ސުޕަ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

މި ސީޒަނަށް ގޮޑިން ކަލިއާރީއާ ގުޅުނުއިރު، ހޮނިހިރު ދުވަހުގެރޭ އިޓާލިއަން ލީގުގައި ކަލިއާރީން ލާޒިއޯއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ނުކުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް