ކޮޗިން-ކުޅުދުއްފުށި ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފި

އިންޑިއާއާއި ރާއްޖެއާއި ދެމެދު ދަތުރުކުރާ، ކޮޗިން-ކުޅުދުއްފުށި ފެރީގެ ފުރަތަމަ ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފިއެވެ. ކާގޯ މި ފެރީ މިއަދު ރާއްޖެ އައިސް ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވާއިރު މި ފެރީ...

26 Sep 2020 | 03:22

އިންޑިއާއާއި ރާއްޖެއާއި ދެމެދު ދަތުރުކުރާ، ކޮޗިން-ކުޅުދުއްފުށި ފެރީގެ ފުރަތަމަ ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފިއެވެ.

ކާގޯ މި ފެރީ މިއަދު ރާއްޖެ އައިސް ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވާއިރު މި ފެރީ އިފްތިތާހްކޮށް ފެރީގެ ދަތުރު އިންޑިއާގެ ކޮޗިން އިން ފަށާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގައެވެ.

މި ކާގޯ ފެރީއަށް މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ކުރިން ތައްޔާރުވި ނަމަވެސް ކުޅުދުއްފުށިން ކޮވިޑް ދެ ކޭހެއް ފެނުމާއިގުޅިގެން އެ ހަރަކާތް ވަނީ ކެންސަލް ކޮށްފައެވެ. ކުޅުދުއްފުށި މިހާރު އޮތީ މީހުން އަރާ ފޭުން މަނާކޮށް، މޮނީޓަރިން ހާލަތުގައެވެ.

މި ކާގޯ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ރާއްޖެ ގެނެސްފައިވެއެވެ. މި މުދާ ބޭލުމުގެ މަސައްކަތް ކުރާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ކުޅުދުއްފުށި ޕޯޓް ލިމިޓެޑުންނެވެ.

މި ބޯޓުގައި 20 ފޫޓު، 8 ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭ އިރު، އެއީ 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ. ކާގޯ ފެރީ މަހަކު ދެފަހަރު މުދާ ހިފައިގެން ރާއްޖެ އަންނާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ބޯޓު އިންޑިއާއަށް ދިއުމާއި ރާއްޖެއަށް އަނބުރާ އައުމަށް ކުރާ ކޮންމެ ދަތުރުތަކަށް 10 ދުވަސް ނުވަތަ 12 ދުވަސް ހޭދަވާނެ އެވެ. އަދި މި އުޅަނދުގައި ވަނީ ފިނުކުރި މުދާ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.

އިންޑިއާއާ ރާއްޖެ އާ ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް