ތަރުކާރީގެ ތެރޭގައި ހިމެނޭ ބަރަބޮލަކީ ހުރިހާ ގޮތަކުންވެސް ބަރުދަން ލުއި ކުރުމާއި ގުޅިފައިވާ އެއްޗެކެވެ.
ބަރަބޯ ފެނަށް ކައްކައިގެންނާއި ބަރަބޯ އޮށް ވެސް ބަރުދަން ލުއި ކުރުމަށް އެހީވެދެ އެވެ. ބަރަބޯ ކެއުމުން ވިޓަމިންސް އާއި މިނަރަލްސް ލިއްބައިދީ އަދި ހަށިގަނޑުގައި ހުންނަ ޖަރާސީމު ނެތިދާގޮތްވެ އެވެ.
މިފަހަރު ބަރަބޯ ޖޫހެވެ. ޖޫހޭ ބުނެފި ނަމަ އެއަށް ހަކުރު އަޅާނެ އެވެ. އެކަމަކު ބަރުދަން ލުއި ކުރުމުގެ ނިޔަތުގައި ބަރަބޯ ޖޫސް ބޯއިރު އެހާ ގިނައިން ހަކުރު ނާޅާށެވެ.
ބަރަބޯގައި ކެލޮރީސް އެކުލެވޭލެއް ވަރަށް މަދުވާނެ އެވެ. އެގޮތުން 100 ގްރާމްގެ ބަރަބޮލުގައި ހުންނާނީ 26 ގްރާމް ކެލޮރީސް އެވެ. އަދި 0.1 ގްރާމް ފެޓެވެ. ހަށިގަނޑުގައި އުފެދޭ ފާރާއި ދުވަސްވީ ތަދުތަކަށް ބަރަބޯ ޖޫސް ބުއިމުން ހައްލު ލިބޭނެ އެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދެނެ އެވެ.
ބަރަބޯ ޖޫހަކީ ނިދުމުގައި މައްސަލަ އުޅޭ މީހުންނަށްވެސް ފައިދާ ހުރި ބުއިމެކެވެ. އެގޮތުން ރޭގަނޑު ނިދަން އުނދަގޫނަމަ ކޮންމެ ރެއަކު ބަރަބޯ ޖޫސް ތަށްޓެއްގެ ތެރެއަށަ މާމުއި ކޮޅެއް އަޅާލައިގެން ބޯން އާދަ ކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް