އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 10:30 އާއި ހަވީރު 04:30 އާއި ދެމެދުގެ ވަގުތުތަކުގައި އައްޑޫ ސިޓީއަށާއި ފުއްވަމުލަކު ސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
މި ވަގުތުތަކުގައި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުގެ އެލާޓްގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް