އެސްޓީއޯ ސުޕަމާރޓް އިން ޔޫއޭއީގެ މަޝްހޫރު ކިޓްކޯ ބްރޭންޑް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

ޔޫ.އޭ.އީ އަދި މެދުއިރުމަތީގެ ނަމްބަރ 1 ސްނެކްސް ބްރޭންޑް ކަމުގައިވާ ކިޓްކޯ އެސްޓީއޯ ސުޕަމާރޓް އިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފިއެވެ. 1926 ވަނަ އަހަރުން ފެށިގެން މެދުއިރުމަތީގައި އެންމެ މަޤުބޫލު ކި...

26 Sep 2017 | 02:08

ޔޫ.އޭ.އީ އަދި މެދުއިރުމަތީގެ ނަމްބަރ 1 ސްނެކްސް ބްރޭންޑް ކަމުގައިވާ ކިޓްކޯ އެސްޓީއޯ ސުޕަމާރޓް އިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފިއެވެ.

1926 ވަނަ އަހަރުން ފެށިގެން މެދުއިރުމަތީގައި އެންމެ މަޤުބޫލު ކިޓްކޯ ބްރޭންޑްގެ 4 ރޭންޖެއް އެސްޓީއޯ ސުޕަރމާޓް އިން ވަނީ ތައާރަފް ކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ކިޓްކޯ ސްޓިކްސް، ކިޓްކޯ ކެޓެލްކުކްޑް ޗިޕްސް، ކިޓްކޯ ޕެންޑާ ހޫޕްސް އަދި ކިޓްކޯ ލައިޓް ޗީޒްބޯލްސް އެވެ.

އެސްޓީއޯ ސުޕަރމާރޓް އިން މައުލޫމާތު ދޭގޮތުގައި މި 4 ރޭންޖްގެ 29 ވައްތަރެއް ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓް އިން އަދި ހޯލްސޭލްކޮށް އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ލިބެންހުންނާނެއެވެ.

ބާޒާރުގައި ލިބެންހުރި ބްރޭންޑް ތަކާ އަޅާބަލާއިރު ކިޓްކޯ ބްރޭންޑް %70 – %50 ދެމެދު ހެޔޮއަގެއްގައި ލިބިގެންދާނެކަމަށާއި މިބްރޭންޑް ރަސްމީކޮށް ތައާރަފްކުރުން ފެށިގެންދާމަހު އެސްޓީއޯ ސުޕަރމާޓްގައި ބާއްވާ ޗިޕްސް އެންޑް ސްނެކްސް ފެސްޓްގައި ވަރަށް ކުލަގަދަ ގޮތެއްގައި އޮންނާނެކަމަށްވެސް އެސްޓީއޯ ސުޕަރމާޓް އިން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް