މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނުގެ އެހީގެ ފުރުޞަތަށް އެދޭ ފޯމު ބަލައިގަންނަން ފަށައިފި އެވެ.
މަތީ ތަޢުލީމު ހާޟިލުކުރުމާއި ތަމްރީނު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް، ލޯނުގެ އެހީ ދިނުމަށް ކޮންމެ އަހަރަކުވެސް ހުޅުވާލެވޭ ފުރުޞަތުގެ ތެރެއިން، 2017 ވަނަ އަހަރުގެ ލޯނު އެހީއަށް އެދޭ ފޯމު ބަލައިގަތުން 24 ސެޕްޓެމްބަރ ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށް ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ ހާމަކޮށްފަ އެވެ.
ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ފޯމު ބަލައިގަތުން މިއަންނަ މަހުގެ 5 ގެ ނިޔަލަށް ކުރިއަށްދާއިރު، މިއަހަރު ވަނީ ޖުމްލަ 1000 ލޯނުގެ ފުރުޞަތު ހުޅުވާލެވިފައެވެ. މި ފުރުޞަތުގެ ދަށުން ލޯނުގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު ޑިޕްލޮމާ އިން ފެށިގެން މާސްޓަރ ޑިގްރީ އާ ހަމައަށް ކަމާއި އަދި މީގެ އިތުރުން ލައިސަންސް އަށެވެ.
އަލަށް ކިޔެވުން ފަށާ ދަރިވަރުންގެ އިތުރުން މިއަހަރުގެ 22 އޮގަސްޓުގެ ފަހުން ކިޔެވުން ފަށާފައިވާ ކޮންމެ ދަރިވަރަށް ވެސް މި ލޯނުގެ އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް