ގެސްޓް ހައުސްތަކަށް ހާއްސަ ޓީވީ ހިދުމަތެއް ދޭން ދިރާގުން ނިންމައިފި އެވެ.
މިކަން މިގޮތަށް ކުރުމަށް ނިންމާފައިވާކަން ދިރާގުން ހާމަކުރީ ދާދި ފަހުން ބޭއްވި ދިރާގު ގެސްޓް ހައުސް ކޮންފެރެންސްގަ އެވެ. އެ ޓީވީގެ ހިދުމަތް އެ ކޮންފަރެންސްގައި ދައްކާލާފައި ވެ އެވެ. ނަމަވެސް އަދި އެ ހިދުމަތުގެ އަގުތައް ދިރާގުން ހާމަކޮށްފައެއް ނުވެ އެވެ.
ގެސްޓް ހައުސްތަކަށް ހާއްސަ ޓީވީ ހިދުމަތެއް ފޯރުކޮށްދޭން ދިރާގުން ނިންމާފައިވާއިރު ދިރާގުން އަންނަނީ ގެސްޓް ހައުސްތަކަށް ފަސޭހައިން އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ވެސް އެކި ރަށްރަށަށް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް