އިންޑިއާގެ ކްރިކެޓަރ ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުގައި ރަންވީރު ސިންގް

އިންޑިއާގެ ކްރިކެޓަރ ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުގައި ލީޑް ރޯލު ކުޅެން ރަންވީރު ސިންގް އެއްބަސްވެފައިވާކަމަށް އިންޑިއާގެ ޓްރޭޑް އެނަލިސްޓް ތަރަން އަދަރްޝް ހާމަކޮށްފި އެވެ. ރަންވީރު މި ފ...

26 Sep 2017 | 01:33

އިންޑިއާގެ ކްރިކެޓަރ ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުގައި ލީޑް ރޯލު ކުޅެން ރަންވީރު ސިންގް އެއްބަސްވެފައިވާކަމަށް އިންޑިއާގެ ޓްރޭޑް އެނަލިސްޓް ތަރަން އަދަރްޝް ހާމަކޮށްފި އެވެ.

ރަންވީރު މި ފިލްމު ކުޅެން އެއްބަސްވެފައިވާކަމަށް ތަރަން ބުނެފައިވާއިރު މި ފިލްމަކީ ކަބީރު ހާން އުފައްދާ ފިލްމެކެވެ.

މި ފިލްމާއި ބެހޭގޮތުން ކަބީރު ހާން ބުނެފައިވަނީ ރަންވީރު ހިޔާރުކުރީ ރަންވީރަކީ ފިލްމަށް އެންމެ އެކަށޭނެ ތަރި ކަމުގައިވާތީ ކަމަށެވެ. އަދި ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ނިންމީ ކަޕިލް ދޭވް ގައުމަށް ހޯދައިދީފައިވާ ކާމިޔާބީތައް ފަނޑުވެދިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް