މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޑާ ކޮންޓްރޯލް ނިޒާމް ގާއިމްކޮށްފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޑާ ކޮންޓްރޯލް ނިޒާމް ގާއިމްކޮށްފި އެވެ. ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ހަރު ކުރީ އެ މިނިސްޓްރީގެ ދ...

26 Aug 2020 | 18:03

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޑާ ކޮންޓްރޯލް ނިޒާމް ގާއިމްކޮށްފި އެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ހަރު ކުރީ އެ މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ މުވައްޒަފުން ކަމަށެވެ. އެ މަސައްކަތް މިމަހުގެ 19 ވަނަ ދުވަހު އެއްކޮށް ނިންމާލަފައިވާ ކަމަށް އެ މިނިސޓްރީް ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ބޯޑާ ކޮންޓްރޯލް ނިޒާމް މާފަރުގައި ގާއިމުކުރެވުމާއިއެކު ބައިނަލްއަގުވާމީ ފެންވަރުގައި ހުރިހާ ވައިގެ ބަނދަރުތަކުގައި އަދި ކަނޑުގެ ބަނދަރުތަކުގައި މި ޙިދުމަތް ފުރިހަމައަށް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ރާއްޖެ އެތެރެވާ ޓޫރިސްޓުން ސިސްޓަމުގެ ތެރެއިން ރަނގަޅަށް ބެލިގެންދާނެ ކަމަށެވެ.

މި ހަރުކުރެވުނު އާލާތްތައް ބޭނުންކުރަމުންދާއިރު އިތުރު މަސައްކަތްތަކަށް އެންސީއައިޓީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.

އަބޫދާބީގެ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ އެއާޕޯޓެކެވެ. އެ އެއާޕޯޓުގައި ވަނީ ކޯވިޑަށް ޓެސްޓު ކުރެވޭ އޭޑީކޭގެ ލެބޯޓަރީއެއްވެސް ހުޅުވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް