ރާއްޖެއިން އިތުރު 178 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލޭ ސިޓީން 176 މީހުންނާއި އަތޮޅު ތެރެއިން ދެ މީހުންނެވެ.
ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 141 ދިވެހިންނާއި 25 ބަންގްލަދޭޝް މީހުންނެވެ. އަދި އިންޑިއާގެ 10 މީހުންނާއި ސްޕެއިންގެ ދެ މީހުން މިއަދު ޕޮސިޓިވްވެފައިވެ އެވެ.
މިހާތަނަށް ބަލިން ރަނގަޅުވެފައިވާ ޖުމްލަ އަދަދު ވަނީ 4،561 އަށް އަރާފައި އެވެ.
މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،636 މީހުންނެވެ. އޭގެ ތެރެއިން 162 މީހުންނަށް ފަރުވާ ދެމީހުންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 7،225 މީހުންނެވެ. އޭގެ ތެރެއިން 28 މީހުން ވަނީ މި ބަލީގައި މަރުވެފައި އެވެ.
https://twitter.com/HPA_MV/status/1298666734572929026
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް