ވިސާ ޑައިރެކްޓް އަދި މާސްޓަރކާޑް ސެންޑް ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ޑޮލަރު ދެން ލިބޭނީ ރުފިޔާއިން

ބޭރުގެ ޓްރާންސްފަރ ޕްލެޓްފޯމުގެ ތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ބޭންކް އޮފް މޯލްޑިވްސް އިން ބަދަލުގެނެސްފިއެވެ. މި ގޮތުން 26 އޮގަސްޓް 2020 އިން ފެށިގެން 'ވިސާ ޑައި...

26 Aug 2020 | 09:56

ބޭރުގެ ޓްރާންސްފަރ ޕްލެޓްފޯމުގެ ތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ބޭންކް އޮފް މޯލްޑިވްސް އިން ބަދަލުގެނެސްފިއެވެ.

މި ގޮތުން 26 އޮގަސްޓް 2020 އިން ފެށިގެން 'ވިސާ ޑައިރެކްޓް'، 'މާސްޓަރކާޑް ސެންޑް' ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރ އެކައުންޓްތަކަށް ޖަމާކޮށްދިނުން މިވަނީ ހުއްޓާލައިފައެވެ. މި ބަދަލާއެކު، ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެއް ފަރާތަކުން އަނެއް ފަރާތަކަށް (P2P) މިދެންނެވި ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށެވެ.

ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިންގ އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ. މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތާނގައިވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް މިގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް