ޓޫރިޒަމް މިނިސްޓަރުގެ މަގާމުގެ ހުވާ ޑރ. އަބްދުﷲ މައުސޫމް އަލުން ކުރެއްވުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.
ޑރ. މައުސޫމް އަލުން ހުވާ ކުރެއްވުމަށް ލަފާ ދޭން ނިންމީ މަގާމުގެ ހުވާ ކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އޭނާ ހުންނެވުމުންނެވެ. ގާނޫނު އަސާސީ ބުނާގޮތުން ވަޒީރުން އަމިއްލަ ވިޔަފާރި ހންގުމާއި ކުންފުންޏެގައި ހިއްސާ އޮތުމަކީ މަނާ ކަމެކެވެ.
މައުސޫމް އަލުން މަގާމުގެ ހުވާ ކުރެއްވުމަށް ކޮމިޓީން ލަދާ ދިން އިރު އޭނާއަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ބެލުމަށް ފަހު ރުހުން ދިނުމަށް ނިންމައި ތަޅުމަށްވެސް ފޮނުވި އެވެ. މައުސޫމަށް ރުހުން ނުދެވޭނެ ކަމަށް ވިދާޅުވެ މެމްބަރުން ވާހަކަދެއްކެވީ ރުހުން ދިނުމާއި މެދު ތަޅުމުމުގައި ވޯޓަށް އެހުމުގެ ކުރިން ކުރެއްވި ބަހުސްގައި އެވެ.
އެހެންވެ އިއްޔެ އަލުން އެ މައްސަލަ ވަނީ ކޮމިޓީއަށް ފޮނުވާފައި އެވެ. މި މައްސަލައިގަ ކޮމިޓީގައި ކުރެވުނު ބަހުގެ ތެރޭގައި ބައެއް މެމްބަރުން ވިދާޅުވީ މިނިސްޓަރަކަށް އައްޔަން ކުރި އިރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަކަށް ހުންނެވި ނަމަަވެސް މަޖިލީހުގެ ކޮމިޓީން ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރަން ފެށި އިރު ޑރ. މައުމޫން އެ މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.
މި މައްސަލައިގަ ޑރ. މައުސޫމް މަގާގެ ހުވާ ކުރެއްވުމަށް ލަފާ ދިނުމަށް ނިންމީ އެ މައްސަލައިގަ ނިންމާނެ ގޮތެއް ކަނޑައެޅުމަށް ވޯޓެއް ނަގައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް