ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކަނޑައެޅުމަށް ކޮމިޓީން ފާސްކުރި 13 ނަމުގެ ތެރެއިން އައްޔަންކުރާނެ 4 ބޭފުޅަކަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ، ކޮމިޓީން ރުހުން ދެއްވި 13 ބޭފުޅުންގެ ތެރެއިން 4 ބޭފުޅަކަށް ރުހުން ދެއްވުމަށް ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕް ނެރެފައިވާކަމަށެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން މިގޮތަށް ކަނޑައެޅުމުން މި މަޤާމުތަކަށް މިބޭފުޅުން އައްޔަންކުރެވިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.
އެމްޑީޕީން ތްރީލައިން ވިޕް ނެރައިފައިވާ ބޭފުޅުން:
ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ
އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ
އަހުމަދު ނާޞިހް / ގ. ފަލްކަންގެ
މުޙައްމަދު ފަރުޞަތު / ހ.ޓޫހާޓްސް
ސީއެސްސީއަށް ކުރިމަތިލި 41 މީހުންގެ ނަން ދިރާސާކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން އޭގެ ތެރެއިން ޝަރުތު ފުރިހަމަވާ 13 ބޭފުޅެއްގެ ނަން ޝޯޓް ލިސްޓް ކުރުމަށްފަހު އެ ކޮމިޓީން ވަނީ އެކަމުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.
ނަމަވެސް ކޮމެޓީން އެ ބޭފުޅުން ޝޯޓްލިސްޓު ކުރިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަދި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަށް ފެނިވަޑައިގަންނަވާ ބޭފުޅަކު އެ ލިސްޓުގައި ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވުމުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް