ކޯވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަވަސް ޝިފައަކަށް އެދިވަޑައިގެންފި އެވެ.
ރައީސް މައުމޫނަށް ކޯވިޑް ޖެހިފައިވާކަން ހާމަކުރެއްވީ ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ ރަސްމީ ޓުވީޓާ އެކައުންޓުގައި އެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި މާތް ﷲ ގެ ހަޟުރަތަށް ދުއާ ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ދުއާ މައުމޫނާއި އެކު ވާކަމަށް ވިދާޅުވި އެވެ.
https://twitter.com/ibusolih/status/1298522772075765760
ރައީސް ސޯލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މައުމޫނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނަވާފައި އެވެ؛
މައުމޫން ކޯވިޑަށް ޕޮސިޓިވްވުމުން މިހާރު ފަރުވާ ދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެވެ. އާއިލާއިން މީޑިއާގަިއ ބުނެފައިވަނީ އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް