ދިވެހިންނަށް ކާޑުގެ ބާވަތްތައް ހިލޭ ދިނުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުުކޮށްލައިފި

ދައުލަތުގައި ވަޒީފާ އަދާ ކުރާ މީހުންނާއި ދައުލަތުން މާލީ އިނާޔަތްތައް ދެމުންދާ މީހުން ފިޔަވައި ހުރިހާ ދިވެހިންނަށް ކާޑުގެ ބާވަތްތައް ހިލޭ ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައް...

26 Aug 2020 | 07:37

ދައުލަތުގައި ވަޒީފާ އަދާ ކުރާ މީހުންނާއި ދައުލަތުން މާލީ އިނާޔަތްތައް ދެމުންދާ މީހުން ފިޔަވައި ހުރިހާ ދިވެހިންނަށް ކާޑުގެ ބާވަތްތައް ހިލޭ ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުުކޮށްލައިފިއެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ނުކުރެވި އިތުރު ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވަމުންދާ އިރު، އޭގެ ސަބަބުން ދިވެހި އާންމު ފަރުދުންގެ އާމްދަނީ ލިބޭގެ ގިނަ މަސައްކަތްތައް އަނެއްކާ ވެސް ހުއްޓި، ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ

މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވި އެންމެ ހަތް މެންބަރުންނެވެ. ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 24 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ، ބަހުސަށް ހުޅުވާލަން އެ ކުއްލި މައްސަލަ ފާހެއް ނުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް