ބައްޕަގެ ހާލު ރަނގަޅު، އަލާމާތްތައް ހުރީ ކުޑަކޮށް: ޔުމްނާ މައުމޫން

ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ބައްޕަގެ ހާލު ރަނގަޅު ކަމަށާއި އަލާމާތްތައް ހުރީ ކުޑަކޮށް ކަމުގައި ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. އާޓްސް، ކަލްޗަރ އެނ...

26 Aug 2020 | 06:42

ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ބައްޕަގެ ހާލު ރަނގަޅު ކަމަށާއި އަލާމާތްތައް ހުރީ ކުޑަކޮށް ކަމުގައި ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިހެން ވިދާޅުވެފައިވާއިރު، ރައީސް މައުމޫން ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ އިއްޔެގެ ވަގުތެއްގައެވެ. ޓެސްޓް ކުރީ އޭގެ ކުރީ ދުވަހުގައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޓެސްޓް ކުރީ ހުން އައުމުންނެވެ.

https://twitter.com/yumna_maumoon/status/1298501434153906176

ރައީސް މައުމޫން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު ރައީސް މައުމޫނަށް ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ. މިހާރު ރައީސް މައުމޫންގެ އުމުރުފުޅަކީ 81 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް