ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކާއެކު ޕީޕީއެމް/ޕީއެންސީ އިން އެއްބަސްވުމެއް ހަދާފައި ނޯންނާނެކަމަށް ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ޑީއާރުޕީ އާއެކުވެސް އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމަށާއި، އެ ކޯލިޝަނުން އަބަދުވެސް އިސްކުރާނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ކަމަށެވެ.
"ވަކި ޑީއާރުޕީއެއް ނޫން، އެއްވެސް ސިޔާސީ ޕާޓީއަކާއެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ޕީޕީއެމް/ޕީއެންސީ އިން މިހާތަނަށް ހަދާފައެއް ނޯންނާނެ. ޕީޕީއެމް/ޕީއެންސީ އިން އަބަދުވެސް އިސްކުރާނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ދިވެހި ރައްޔިތުން،" އަދުރޭ ވިދާޅުވިއެވެ.
https://twitter.com/Banafsaa/status/1298430714736607233
އަދުރޭ މިގޮތަށް ވިދާޅުވެފައި މިވަނީ، ޕީޕީއެމް/ޕީއެންސީ އާއި ޑީއާރުޕީ އާއި ދެމެދު އެއްބަސްވުމެއް ޤާއިމްކޮށްފައިވާ ކަމަށްބުނެ، އެ އެއްބަސްވުން އުވާލުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތްކުރައްވަމުންނެވެ.
އަދުރޭ މިގޮތަށް ވިދާޅުވެފައި ވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިގެން މަސައްކަތް ކުރުމަށް ޑީއާރުޕީން ވަނީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް