ފިރިކަލުންގެ ދިފާއުގައި ދިޔާނާ ނިކުންނަވައިފި !

ރައީސް މައުމޫނަށް ކޯވިޑު ޖެހުނު ހަބަރާއެކު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްކެވި "ދަށު ދަރަޖައިގެ" ވާހަކައިގެ ދިފާއުގައި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ނިކ...

26 Aug 2020 | 04:40

ރައީސް މައުމޫނަށް ކޯވިޑު ޖެހުނު ހަބަރާއެކު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްކެވި "ދަށު ދަރަޖައިގެ" ވާހަކައިގެ ދިފާއުގައި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ނިކުމެވަޑައިގެންފިއެވެ.

އެގޮތުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫންގެ ދަރިކަލުން، ގައްސާން މައުމޫން ޓެގް ކުރައްވައި ވިދާޅުވެފައިވަނީ ދޮށީ އުމުރުފުޅުގަ އަދި އާލާސްކަންފުޅުގަ ބައްޕަ ޖަލުގަ ބަންދުކޮށް ގައްސާން މެން އަނިޔާދެމުން ދިޔައިރު ދިފާއުގައި ތިބީ "ޚުދު އަޅުގަނޑުމެން" ކަމަށެވެ.

ގައްސާން ހުންނެވީ ސިޔާސީ ފައިދާއ އޮތް އަތަށް ކަމަށާއި އެ ލައްގަނޑު ނުފިލާނެ ކަމަށްވެސް ދިޔާނާ ވިދާޅުވެފައިވެއެވެ.

"އަދި ހާލަތާ އެކަށޭނެ ނުވާގޮތަށް މީހަކު ބުނި އެއްޗެއް، ބޮޑުމަގަށް ނެރެ އާންމުކޮށްގެން ރައީސް މައުމޫންގެ އާލާސްކަންފުޅުގެ ސިޔާސީ ފައިދާ ނަންގަވަން ގައްސާން މިހާރު ތި އުޅުއްވާ އުޅުއްވުމަކީވެސް ހުތުރުކަން ވަކި ކުޑަ އަމަލެއް ނޫން" ދިޔާނާ ވިދާޅުވެފައިވެއެވެ.

ދިޔާނާ އިތުރަށް ވިދާޅުވެފައިވަނީ 32 މިލިޔަން ރުފިޔާގެ މުއާމަލާތގަ ރައީސް މައުމޫން، ދިޔާނާއާވެސް ވާހަކަ ދެއްކެވި ކަމަށާއި އެ ވާހަކަފުޅުތައްވެސް އެބަހުރި ކަމަށެވެ. ދިރިހުރި ބައިވަރު ހެކިންވެސް އެބަތިބި ކަމަށެވެ.

"އެހެނަސް ކޮންމެ ވާހަކަޔަކަށްވެސް ވަގުތާ ހާލަތާ އެށޭނަ ތަނަކާ ގޮތެއް އޮންނާނެ، ޕްރައިވެޓްކޮށް ދެކެވިފަ ހުރި ވާހަކަ ވީމަ އެހުރީ ޕްރައިވެޓްކޮށް، ޓްވިޓާއަކީ ހައްލެއް ނޫން" ދިޔާނާ ވިދާޅުވެފައިވެއެވެ.

https://twitter.com/dhiyanasaid/status/1298465444521623557

ރޭގެ ވަގުތެއްގައި ގައްސާން މައުމޫން ޓްވީޓް ކުރެއްވި އޯޑިއޯއެއްގައި ޖާބިރު ވިދާޅުވެފައިވަނީ ރައީސް މައުމޫނަށް ކޯވިޑު ޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި ވަޅުލަން ވާނީ ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ޖާބިރަށް ދިނުމަށްފަހުގައި ކަމަށެވެ.

https://twitter.com/mgmaumoon/status/1298333258925522944

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް