ދެކުނަށް އިތުރަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް އެލާޓް ދަމަހައްޓައިފި

ދެކުނުގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ ރޭ ނެރުނު ވައިޓް އެލާޓް ދަމަހައްޓައިފިއެވެ. މެޓް އޮފީހުންް ދަމަހައްޓާފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. މި ސަރަޙައްދަށް ސަމާލު ދަމަހ...

26 Aug 2020 | 04:13

ދެކުނުގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ ރޭ ނެރުނު ވައިޓް އެލާޓް ދަމަހައްޓައިފިއެވެ.

މެޓް އޮފީހުންް ދަމަހައްޓާފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. މި ސަރަޙައްދަށް ސަމާލު ދަމަހައްޓާފައިވަނީ މެންދުރުފަހު 2:00 އާއި ހަމައަށެވެ.

މެޓް އޮފީހުންް ބުނީ، މި ސަމާލު ނެރެފައިވާ ސަރަޙައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ފަތިހު 5:00 އިން ފެށިގެން ހެނދުނު 9:00 އާއި ހަމައަށް، ގއ. އަތޮޅާއި ގދ. އަތޮޅާއި ދެމެދުގެ ސަރަޙައްދަށް ޔެލޯ އެލާޓްވެސް ނެރެފައި ވެއެވެ.

މި އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެއަށް މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މެޓް އޮފީހުން ބުނީ، ކުރިޔަށް އޮތް ވަގުތުތަކުގައި ވެސް ދެކުނުގެ ރަށްތަކަށް ވިއްސާރަވާނެ ކަމަށާއި، އެހެން ސަރަޙައްދުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް