އައިސޮލޭޝަންގައި ތިބި ޓީޗަރުންނަށް މަސައްކަތް ކުރަން މަޖުބޫރު ކުރުވަނީ

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ޓީޗަރުން މަސައްކަތް ކުރަން މުޖުބޫރު ކުރުވަމުންދާ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފި އެވެ. ކޯވިޑް-1...

26 Aug 2020 | 02:17

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ޓީޗަރުން މަސައްކަތް ކުރަން މުޖުބޫރު ކުރުވަމުންދާ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޗްއީއޯސީން އެކުލަވާލާފައިވާ ގަވައިދުތަކުގެ ދަށުން ޕޮސިޓިވް ވެގެން އައިސޮލޭޝަނަށް ނުވަތަ ކަރަންޓީން ފެސިލިޓީތަކަށް ގެންދެވޭ މީހުންނަށް ބޭނުންވާ ރަސްމީ ލިޔުން ދޫކުރެ އެވެ. އެއީ އެމީހަކު ވަޒީފާއެއް އަދާ ކުރާނަމަ ޗުއްޓީ ހަމަޖައްސައި ދިނުމަށް އެދި އެތަނަކަށް ހުށަހަޅަންވެސް ބޭނުން ކުރެވޭނެ ފަދަ ލިޔުމެކެވެ.

ޓީޗާސް އެސޯސިއޭޝަނުން ބުނީ އައިސޮލޭޝަން އަދި ކަރަންޓީންގައި ތިބި ޓީޗަރުންނަށް މަސައްކަތް ކުރުމަށް މަޖުބޫރު ކުރުވަމުންދާތީ ހިތާމަ ކުރާ ކަމަށެވެ. މިގޮތަށް ކަންތައް ކުރަމުންދަނީ ބައެއް ސްކޫލްތަކުގައި ކަމަށް ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ ބަލިވުމުން ޗުއްޓީ ނަގައި އަރާމު ކުރުމުގެ ހައްގު ޓީޗަރުންނަށްވެސް ލިބިދިނުމަށް ގޮވާލާ ކަމަށެވެ.

https://twitter.com/TAMaldives/status/1298322526133608449

ޓީޗަރުންގެ ޖަމިއްޔާގެ މި ކަންބޮޑުުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިސަރު "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ އެއްވެސް ޝަކުވާއެއް މިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަމަށެވެ.

ޓީޗަރުންނަކީ ސިވިލް ސާވިސް މުވައްޒަފުންނެވެ. ކޯވިޑް-19 އާއި ގުޅިގެން މިދިޔަ މާޗް މަހު ސީއެސްސީން ނެރުނު ސާކިއުލާއަކުން ވަނީ ޕޮސިޓިވް ވެގެން ނުވަތަ ޑައިރެކްޓު ކޮންޓެކްޓު ވެގެން ނަމަވެސް އައިސޮލޭޝަނަށް ނުވަތަ ކަރަންޓީން ކުރާ މީހުންނަށް މުސާރަ އާއި އެކު ޗުއްޓީ ދޭން ނިންމާފައިވާ ކަން ހާމަކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް