ރައީސް މައުމޫނަށް ކޯވިޑް-19 ޖެހިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުކަމަށް ބެލެވޭ ބޭފުޅަކު ގައްސާން މައުމޫނަށް ގުޅުއްވައި ވަރަށް ދަށު ދަރަޖައިގެ ވާހަކައެއް ދެއްކެވި އޯޑިއޯއެއް ހާމަވެއްޖެއެވެ.
މި އޯޑިއޯ ހާމަކޮށްފައިވަނީ ގައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޖާބިރު ކަމަށް ބެލެވޭ ބޭފުޅަކު ވިދާޅުވަނީ "އަޅުގަނޑު ޖާބިރު އިނގޭތޯ" ކަމަށާއި "ބައްޕަ ކޮވިޑު ޖެހުނު ވާހަކަ އަޑުއެހީ، އަޅުގަނޑުވެސް ހިތާމަކުރަން އިނގޭތޯ" ކަމަށެވެ. ދެން ވިދާޅުވަނީ "ކިނބިގަސްދަށުގޭ ރަޖިސްޓްރީ ދޭންވާނެ އިނގޭތޯ އޭނަ ބައްޕަ ވަޅުލުމުގެ ކުރިގަ" ކަމަށެވެ.
ޖާބިރު ކަމަށް ބެލެވޭ ބޭފުޅާ އިތުރަށް ވިދާޅުވަނީ ބައްޕަގެ ދަރަންޏަކީ "ތިމަންނަ" ޒިންމާވާންޖެހޭ އެއްޗެއް ނޫނޭ ގައްސާން ވިދާޅުވިނަމަވެސް ތަރިކަ މުދަލުން ބަދަލު ދޭން ޖެހޭނެ ކަމަށެވެ.
"އޮނަތިރީސް މިލިޔަން ބައްޕަ ނަގާފަ ހުރީ، އެ ވާހަކަ ހަނދާން ކޮށްދެއްވަޗޭ" ޖާބިރު ކަމަށް ބެލެވޭ ބޭފުޅާ ވިދާޅުވެފައިވެއެވެ.
https://twitter.com/mgmaumoon/status/1298333258925522944
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް