ރައީސް މައުމޫން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

ކުރީގެ ރައީސް، އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ. ރައީސް މައުމޫން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުން ...

25 Aug 2020 | 19:05

ކުރީގެ ރައީސް، އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

ރައީސް މައުމޫން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުން ފަރުވާ ދިނުމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް މައުމޫން ކޯވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ އިއްޔެ ހެދި ކޯވިޑް ޓެސްޓެއްގެ ނަތީޖާ މިއަދު ލިބުމުންނެވެ.

ރައީސް މައުމޫން ކޯވިޑަށް ޕޮޒިޓިވް ވެފައިވީނަމަވެސް ހާލުކޮޅު ރަނގަޅު ކަމުގައި މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް