ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކަމަށެވެ.
އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރާކަމުގެ މައްސަލަ ހުށަހެޅީ ރޭ ފަތިހު 5:00 ހާއިރު އެވެ.
މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ދެ ދިވެހިންނެވެ. އެ ދެމީހުންނަކީ 39 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް