ކޯވިޑް-19 އަށް އިތުރު 43 މީހަކު ޕޮސިޓިވްވެ، 77 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ރަނގަޅުވި މީހުންގެ ތެރެއިން32 މީހަކު ރަނގަޅުވީ އިއްޔެ ކަމަށެވެ. މިއަދު46 މީހަކު ރަނގަޅުވި ކަމަށް ވިދާޅުވި އެވެ.
މިއަދު ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 30 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ހަތަރު މީހަކާއި 10 ދިވެހިންނެވެ. ދެން ހިމެނެނީ ނޭޕާލާއި ސްރީލަންކާގެ މީހެކެވެ.
މިއަދު ރަނގަޅުވި މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން232 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އޭގެ ތެރެއިން 214 މީހުންނަކީ އާންމުންގެ މެދުގައި ބަލި ފެތުރެން ފެށިފަހުން ޕޮސިޓިވްވި މީހުންނެވެ.
މިއަދު ޕޮސިޓިވްވި43 މީހުންނާއި އެކު ޖުމްލަ ރާއްޖެއިން ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ1،438 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ފަސް މީހަކު ކޯވިޑް-19 ގައި ވަނީ މަރުވެފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް