ކޯވިޑް-19: މަރުވެގެން ގެންދިޔަ ބިދޭސީއަކު ޕޮޒިޓިވް

މަރުވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ބަންގްލަދޭޝް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނ...

26 May 2020 | 17:10

މަރުވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ބަންގްލަދޭޝް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރޭ 10:45 ހާއިރު ފަރީދީ މަގު ސަރަހައްދަކަށް ވެއްޓިފައި އޮއްވާ ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށެވެ. އަދި ކޯވިޑް-19 އަށް ޓެސްޓް ކުރިއިރު ޓެސްޓަށް ޕޮޒިޓިވް ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގައި ކޯވިޑް-19 އާއި ގުޅުންހުރި ފަސްވަނަ މަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ކޮންޓެއިންމަންޓް ސައިޓެއްގައި އުޅޭ ބިދޭސީއެއް ނޫން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެމީހާ އަކީ ބޮޑު ކުންފުންޏެއްގައި މަސައްކަތް ކުރާ މީހަކަށް ނުވިޔަސް ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މާ ގިނަ މީހުން ފާހަގަ ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އިތުރަށް ވިދާޅުވީ އެ މިހާ އަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށެވެ. އަދި އެބަލީގެ ސަބަބުން މަސައްކަތް ކުރަމުންދިޔަ ކުންފުނީގައި އުޅެވެން ނެތިގެން އެނބުރި ގައުމަށް ދާން ބޭނުންވާކަން މިދިޔަ މާޗް މަހު އަންގާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ބަލީގައި މަރުވެފައިވަނީ ފަސް މީހުންނެވެ. އެއީ މި މީހާ އާއި އިތުރު ބަންގްލަދޭޝް ފިރިހެނަކާއި ތިން ދިވެހިންނެވެ.

ދިވެހިންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ދެ ފިރިހެނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް