ދޯންޏެއްގެ ވަތަށް ވެއްޓި އަނިޔާވި ފަޅުވެރިޔަކު ހޮސްޕިޓަލަށް ގެންދިއުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ ވަތަށް ވެއްޓި އަނިވި ފަޅުވެރިޔަކު ހޮސްޕިޓަލަށް ގެންދިއުމުގެ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެން...

26 May 2020 | 15:33

މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ ވަތަށް ވެއްޓި އަނިވި ފަޅުވެރިޔަކު ހޮސްޕިޓަލަށް ގެންދިއުމުގެ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މިއަދު 01:45 ހާއިރު ހިނގި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ނޫރު ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއަކަށެވެ. އޭރު

އެ ދޯނި މަސްވެރިކަން ކުރަމުންދިޔައީ ލ. ފަރެސް ކަނދުފަތި ކައިރީގައި ކަމަށް ބުނެފައިވެއެވެ. އަދި އަނިޔާވެފައިވަނީ ފަޅުވެރިޔާގެ ފަޔަށް ކަމަށާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އަވަސް ފަރުވާއަށް، ހަވީރު 4:05 ހާއިރު އޭނާ ގެންދެވުނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް