ކުޅުދުއްފުށީގައި ކުއްލި ގޮތަކަށް ކުޑަކުއްޖަކު މަރުވެއްޖެ

ކުޅުދުއްފުށި ސިޓީގައި ކުއްލި ގޮތަކަށް ކުޑަކުއްޖަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން ހަތަރު އަހަރުގެ، ކުޑަ އަންހެން ކުއްޖެކެވެ. ދުވަހަށް މައުލުމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުއް...

26 May 2020 | 15:21

ކުޅުދުއްފުށި ސިޓީގައި ކުއްލި ގޮތަކަށް ކުޑަކުއްޖަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން ހަތަރު އަހަރުގެ، ކުޑަ އަންހެން ކުއްޖެކެވެ.

ދުވަހަށް މައުލުމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ރަށުގައި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ނޫސްތަކުން އެނގިފައިވާކަމަށާއި އިތުރު މައުލޫމާތެއް ދެވޭނީ ހޮސްޕިޓަލަށް ކަމަށެވެ.

ހޮސްޕިޓަލުން ފޯނު ނުނަގާތީ ދުވަހަށް ހޮސްޕިޓަލުގެ ބަހެއް މި ނޫހަށް ލިބިފައެއް ނުވެއެވެ.

ނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ހޮސްޕިޓަލުން ބުނެފައިވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް