ފުރަބަންދުގައި ތާށިވި ރިސޯޓް މުވައްޒަފުންގެ ތެރެއިން 467 މުވައްޒަފަކު ކަރަންޓީނަށް

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ ހާލަތާއި ގުޅިގެން ރަށަށް ނުދެވި ތިބި ރިސޯޓް މުވައްޒަފުންގެ ތެރެއިން 467 މުވައްޒަފަކު ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފައިވާކަމަށް ޓުއަރިޒަމް މިނިސ...

26 May 2020 | 12:56

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ ހާލަތާއި ގުޅިގެން ރަށަށް ނުދެވި ތިބި ރިސޯޓް މުވައްޒަފުންގެ ތެރެއިން 467 މުވައްޒަފަކު ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ ރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ ރިސޯޓު މުވައްޒަފުން މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ހުޅުވާލުމުން ޖުމްލަ 582 ފަރާތަކުން ނަން ނޯޓު ކުރި ކަމަށެވެ. މި ފަރާތްތަކަކީ ހަގީގަތުގައިވސް ރިޒޯޓްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކެއްތޯ ޔަގީން ކުރުމަށްޓަކައި މިނިސްޓްރީން ކުރިއަށްގެންދިޔަ "ވެރިފައި ޕްރޮސެސް" އަށްފަހު އޭގެ ތެރެއިން 80 ފަރާތެއް ވަނީ އުނިކުރެވިފައި ކަމުގައި މިނިސްޓްރީން ބުނެފައިވެއވެ.

"ސައްހަ ލިސްޓްގައި ހިމެނޭ 502 މުވައްޒަފުންގެ ތެރެއިން މިހާތަނަށް ކަރަންޓީން ފެސިލިޓީތަކަށް ނުގެންދެވި ވަނީ 35 މުވައްޒަފެއް، އޭގެތެރެއިން 26 މުވައްޒަފުންނާ އެއްވެސް ގޮތަކަށް ގުޅޭގޮތް ނުވުމުގެ ސަބަބުން، އެ މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައި" މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް މި 26 މުވައްޒަފުންނާވެސް ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ކޯވިޑް-19 ގެ މި ހާލަތުގައި އެންމެ ބޮޑު ގުރުބާނީއެއްވި އެއް ބަޔަކީ ރިޒޯޓުތަކުގެ މުވައްޒަފުންކަން ފާހަގަކުރާ ކަމަށާއި މި ހާލަތުގައި މުވައްޒަފުންނާއި މެނޭޖްމަންޓްތަކުން ދެއްކެވި މިސާލާއި، ކެތްތެރިކަމާއެކު ސަރުކާރުގެ އިދާރާތަކަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރުދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް