ލ. ގަމުގައި މަސްތުގެ ހާލަތުގައި ހުރި މީހަކު ގެއަކަށް ވަދެ އަންހެނަކު ރޭޕް ކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިކަން ހިނގާފައިވަނީ މިމަހުގެ24 ވަނަ ދުވަހު ރޭ އެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ.
މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު އެވެ.
އެމީހާ ރޭޕްކޮށްފައިވަނީ20 އަހަރުގެ އަންހެނަކު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިފަދަ މައްސަލަތައް މިއަހަރުގެ ފުރަތަމަ ދެ މަހެއްހާ ދުވަހު ރިޕޯޓު ކުރުން އާދަޔާ ހިލާފަށް އޮތީ އިތުރުވެފައި އެވެ. އެކަމަކު މި ފަހަކަށް އައިސް މިފަދަ މައްސަލަތައް ހުށަހެޅުން ވަނީ މަދުވެފައި އެވެ.
ފުލުހުން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުން ފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި އެ އިދާރާއިން ތަހުގީގު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް