ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) އަކީ ކޯވިޑް-19 އާއި ގުޅިގެން އެންމެ ބުރަ މަސައްކަތް ކުރަމުންދާ އެއްބައެވެ.
ކޮންމެ ދުވަހަކު މަގުމަތިން200 އެއްހާ މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން ފޮނުވައެވެ. ޕޮސިޓިވްވާ މީހުންނާއި ގުޅުން ހުރި މީހުންގެ ސާމްޕަލް ނަގަން ގޭގެއަށް ދަނީ ވެސް މި ޓީމްގެ މެންބަރުންނެވެ.
ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ވަރުބަލި ކަމެއް ނެތި ނިމިގެން މިދާ ފިތުރު އީދުގައިވެސް މަސައްކަތް ކުރީ މަގުމަތީގައި އެވެ. ތަފާތަކީ ދިމާވި ކޮންމެ ރައްޔިތަކަށް އެ ޓިމްގެ ފަރާތުން އީދު މުބާރިކު ކީކަމެވެ. ވާހަކަ ދައްކައިގެންނެއް ނޫނެވެ. ލައިގެން ތިބި ހަޒްމަތު ސޫޓުގެ ފަހަތުގައި ކޮންމެ މީހަކުވެސް އުޅުނީ "އީދު މުބާރިކް" ޖަހައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް