ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތަކަށް ޑަބްލިއުއެޗްއޯއިން އެހީވަނީ

ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ސްކޫލްތައް އަލުން ފެށުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ. ފުރަތަމަ ޓާމްގެ މިޓް ޓާމް ޗުއްޓީއަށް ފަހު ކޯވިޑް-1...

26 May 2020 | 10:14

ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ސްކޫލްތައް އަލުން ފެށުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ.

ފުރަތަމަ ޓާމްގެ މިޓް ޓާމް ޗުއްޓީއަށް ފަހު ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެއްވެސް ސްކޫލެއްގައި ކިޔަވައިދީފައެއް ނުވެ އެވެ. އޭގެ ފަހުން ޓެލިކްލާސްތައް ކުރިޔަށް ގެންދިއުމަށް ފަހު ބަލި ފެނި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި އެކު އެ ކްލާސްތައް މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފަށާފައިވަނީ އިއްޔެ އެވެ.

ސްކޫލްތައް އަލުން ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ހުރިހާ ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަމާ ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކާއި މަޝްވަރާކޮށް ރައްކާތެރިކަމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ..

މި މަޝްވަރާތަކުގެ ތެރެއިން އެ މިނިސްޓްރީގެ އިސްވެރިން ވަނި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރުއާއެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވަވައިފައެވެެ. މި ބައްދަލުވުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލުން ނިއު ނޯމަލްގައި ސްކޫލްތައް ފެށުމުގައި އެ ޖަމިއްޔާއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން ސްކޫލްތައް "ސެނިޓައިޒް" ކުރުމަށް ބޭނުންވާ ތަކެއްޗާއި އެކަމަށް މީހުން ތަމްރީންކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން އެއްބަސްވެފައިވާ ކަމަށެެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލުން ސްކޫލް ފަށާފައި އިރު ދަރިވަރުންނަށާއި މުވައްޒަފުންގެ ޓެމްޕަރޭޗާ ބެލުމާއި ސެނެޓައިޒާ ކުރުމާއި އަތް ދޮވުންފަދަ ކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ. ސްކޫލްތައް ހުޅުވޭއިރު އާންމުކޮށް ދަރިވަރުން އަތްލާ ހަދާނެ ތަންތަން ޑިސްއިންފެކްޓްކޮށް އެކަންކަން ކުރާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

އަލުން ސްކޫލްތައް ހުޅުވޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ މަހު ތެރޭގައި އެވެ. އެއީ ފުރަތަމަ ޓާމުގެ ސްކޫލް ބަންދަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް