އެޗްޕީއޭގެ ހާއްސަ އިރުޝާދުތަކަކާއި އެއްގޮތަށް ކުރިޔަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މޮނިޓަރިންއަށް ލާފައި ހުރި ގޭގޭގައި ދިރިއުޅޭ މަޖިލީހުގެ މެންބަރުންނަށް ބައިވެރިވެވަޑައެއް ނުގެންނެވެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ޖަލްސާއަށް ހާޒިރުވެވަޑައި ނުގަންނަވަނީ އަށް މެންބަރުން ކަމަށެވެ. އެ ބޭފުޅުންނަށް ޖަލްސާއަށް ވަޑައި ނުގެންނަވާ ސަބަބު އިދާރާއަށް އަންގާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިއަދު ހާޒިރު ނުވާ މެންބަރުންގެ ތެރެއިން ފަސް މެންބަރުންނަކީ ކޯވިޑް-19 ގެ ކޭސްތަކާއި ގުޅިގެން މޮނިޓަރިންނަށް ލާފައިވާ ގޭގޭގައި ދިރިއުޅުއްވާ މެންބަރުންނެވެ. އަނެއް ތިން މެންބަރުން ހުންނެވީ ސަލާމުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
އިޖުތިމާއީ ގައިދުރު ކަމާއި އެކު މާސްކު އަޅައިގެން ކުރިޔަށް ގެންދާ މިއަދުގެ ޖަލްސާއަށް މެންބަރުންނާއި މަޖިލީހުގެ މުވައްޒަފުން ވަޑައިގެންނެވީ ފުލުހުން މެދުވެރިކޮށް ހުއްދަ ހޯދައިގެންނެވެ. އެޗްޕީއޭއިން ޖަލްސާ ބޭއްވުމުގެ ހުއްދަ ދިން އިރު ޖަލްސާއަށް ވަނުގެ ކުރިން ކޮންމެ މެންބަރެއްގެ ހުން ހުރިތޯ ބެލުމަށް އަންގާފައިވެ އެވެ.
އެއްފަހަރާ މަޖިލީހުގެ ތަޅުމުގައި ތިއްބަވަނީ42 މެންބަރުންނެވެ. އެއީ މަޖިލީހުގެ ޖަލްސާއެއްގައި ވޯޓެއް އަހާއިރު ތިއްބަވަން ޖެހޭ އެންމެ މަދު އަދަދެވެ.
މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންދާ އެންމެ މުހިންމު މަސައްކަތަކީ ކައުންސިލްތަކުގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް